ދައުލަތާއި ސަރުކާރު
101
ދައުލަތާއި ސަރުކާރު ހިންގުމުގެ އާ އޮނިގަނޑެއް އެކަށައަޅައި ދައުލަތް ހިންގުމާއި ސަރުކާރު ހިންގުމަކީ ދެ ފަކްޝަނެއް ކަމަށް ސާފުކޮށް އެނގޭގޮތަށް ކަނޑައަޅައި ޒިންމާ ކުރެވޭނެ ގޮތް ގާނޫނު އަސާސީގައި ކަނޑައެޅުމަށާއި
ދައުލަތުގެ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާކަމަށް ކަނޑައަޅައި، ދައުލަތުގެ ވެރިޔާ އިންތިހާބު ކުރާނީ ރައްޔިތުންގެ ސީދާ ވޯޓުން ކަމަށް ކަނޑައެޅުމާއި
ފެނޭ
ނުފެނޭ
ކޮމެންޓް
102
ދައުލަތުގެ ވެރިޔާއަކީ ދައުލަތުގެ 3 ބާރު (ސަރުކާރު، މަޖްލިސް އަދި ފަނޑިޔާރުގެ އަދި މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތައް) ގެ ހިންގުމާއި ޒިންމާތައް އަދާކޮށް ހިނގަނީ ދުސްތޫރީ ހަމައިންތޯ ބެލުމާއި އަދި ގައުމީ ތަސައްވަރާއި ގައުމީ ތަރައްގީގެ ދުރު ރާސްތާގެ ޕްލޭނާއެއްގޮތަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުވަމުންދޭތޯ ކަށަވަރު ކުރުމާއި ގައުމުގެ އާންމު ހާލަތު ރަނގަޅު ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ކުރަމުންދޭތޯ ބެލުމެވެ.
ފެނޭ
ނުފެނޭ
ކޮމެންޓް
103
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް (ދާއިރާތަކުގެ ރައްޔިތުންނަށް) ކަނޑައެޅޭ ވަކި މުހުލަތުތެކެއްގައި، ކަލަންޑަރު ކުރެވިގެން ރައީސުލްޖުމްހޫރިއްޔާ އާ ސީދާ މަޖިލިސް މެމްބަރުން ނުވަތަ ރައްޔިތުން ސުވާލާއި ޖަވާބު ކުރުމުގެ އިންތިޒާމެއް އެކުލެވުމާއި، މިފަދަ ސުވާލާއި ޖަވާބު ދިނުމުގައި، މ ރައީސުލްޖުމްހޫރިއްޔާގެ ބަހާއި ޢަމަލާއި ދިމާނުވާނަމަ ނުވަތަ ތެދު ނޫން މަޢުލޫމާތު ހިމެނޭނަމަ، އެފަދަ މެންބަރަކާއި ދެކޮޅަށް (ވަކިކުރުމުގެ) ޕެޓިޝަންއެއް މަޖްލިހަށް ހުށަހެޅުމުގެ ފުރުސަތު އިންތިޒާމުކުރުމާއި.
ފެނޭ
ނުފެނޭ
ކޮމެންޓް
104
ސަރުކާރުގެ ވާޖިބަކީ ގާނޫނު އަސާސީ އާއި ގާނޫނުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކުގެ ސިޔާސަތު އެކަށައެޅުމާއި ހިދުމަތްތައް ދެމުންދާކަން ކަށަވަރު ކުރުމަށް ހިންގާ އެޑްމިނިސްޓްރޭޝަން ކަމުގައި ގާނޫނު އަސާސީގައި ކަނޑައެޅުމާއި
ފެނޭ
ނުފެނޭ
ކޮމެންޓް
105
ވަޒީރުންގެ މަޖިލީހަކީ ސަރުކާރު ހިންގާ އެންމެ އިސް ފަރާތުން އައްޔަނުކޮށް މަޖިލީހުގެ ރުހުމާއެކު މަގާމު އަދާ ކުރާ ބަޔަކު ކަމުގައި ކަނޑައަޅައި ތިރީގައިވާ ތަރުތީބުން ވަޒީރުން އައްޔަނު ކުރުން
ހ ސަރުކާރު ހިންގާ އެންމެ އިސް ފަރާތް މަގާމާ ހަވާލުވުމާއެކު ވަޒީރުންގެ މަޖިލީހުގެ މަގާމުތަކާއި އައްޔަނު ކުރަން ބޭނުންވާ މީހުން ނޮމިނޭޓް ކުރުމަށް ފަހު އެ މީހުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވުމާއި
ށ. މަޖިލީހުން ރުހުން ދިނުމުން ވަޒީރުކަމުގެ ހުވާ ކުރުވައި މަގާމަށް އައްޔަނުކޮށް ފަތްކޮޅު ދިނުމާއި
ނ. މަޖިލީހުން ރުހުން ނުދޭ މީހަކަށް އެ ދައުރުގެ ތެރޭގައި ވަޒީރުކަމަށް އައްޔަނުކުރުމަށް ނުފުނުވޭ ގޮތަށް ގާނޫނު އަސާސީގައި ކަނޑައެޅުން
ފެނޭ
ނުފެނޭ
ކޮމެންޓް
106
ދައުލަތާއި ސަރުކާރުގެ މުއައްސަސާތައް އުފެއްދޭނެ މިންވަރާއި އެ ތަންތަނަށް މީހުން އައްޔަނު ކުރެވޭނެ އަދަދުތައް ގާނޫނު އަސާސީގައި ކަނޑައެޅުމަށާއި އެކަމާ ގުޅޭ ތަފްސީލީ ގާނޫނެއް ހެދުމަށާއި ގާނޫނު ފާސް ކުރުމަށް ފަހު ދެން އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ހޯދައިގެން ކަމަށް ގާނޫނު އަސާސީގައި އެކަށައެޅުމަށާއި (މަޖިލީހަށް)
ފެނޭ
ނުފެނޭ
ކޮމެންޓް
107
ކޮންމެ ވުޒާރާއަކަށް އައްޔަނު ކުރެވޭނީ ވަޒީރަކާއި އެ ވަޒީރަކަށް އެހީވާނެ ސްޓޭޓް މިނިސްޓަރަކާއި އެ ޕޯޓްފޯލިޔޯއަކަށް ވަޒީރުންގެ މަޖިލީހުން ކަނޑައަޅާ ސިޔާސަތުތައް ހިންގާ ބަލަހައްޓައި، ވިލަރެސް ކުރާނެ ޑެޕިއުޓީ މިނިސްޓަރަކާއި ފޯޓްފޯލިޔޯ އާ ގުޅޭ ގާނޫނާއި ގަވާއިދުތައް ތަންފީޒުކޮށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާގުޅިގެން ވަޒީރަށް އެހީތެރިވާނެ ޑެޕިއުޓީ މިނިސްޓަރެކެވެ. ނޫން ގޮތަކަށް ސިޔާސީ ވަޒީފާ ދިނުން ހުއްޓާލުން
ފެނޭ
ނުފެނޭ
ކޮމެންޓް
ހުށަހަޅާ އޮނިގަނޑު