101 އިންތިހާބުތަކަށް ކުރިމަތިލާ ފަރާތްތަކުގެ އަމަލު ކުރަންޖެހޭނެ ހަމަތަކާއި އިންތިހާބު ކުރުމުގެ މިންގަނޑުތަކާއި ސިފަތައް ގާނޫނު އަސާސީގައި ބަޔާންކުރުން
ހ. އިންތިހާބަށް ވާދަކުރަން ހުށަހަޅާ ފަރާތްތަކަށް ކެންޑިޑެސީ ދިނުމުގެ ކުރިން އެ މީހަކު ވާދަ ކުރާ މަގާމަކާ ގުޅޭ ދާއިރާއެއްގެ އާންމުންގެ ހިޔާލު ހޯދުމާއި އަދި އޭނާ އާ ސުވާލު ކުރުމުގެ ސެޝަނެއް ބޭއްވުމާއި ސުވާލު ކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭނެ އިންތިޒާމެއް އުފަން ކުރުވުން (ކުރިމަތިލާ މީހާއަށް ރައްދުވާގޮތައް ބާއްވާ ސުވާލު ކުރުމުގެ ސެޝަން އާންމުނަށް ހުޅުވާލައިގެން ލިބޭ މަންފާއަށް ވުރެ ސިވިލް ސޮސައިޓީގައި ހިމެނޭ ޖަމައާތް ޖަމިއްޔާތަކަށް ހުޅުވާލުމުން ލިބޭ މަންފާ ބޮޑު ނަމަ އެ ފަރާތްތަކަށް ހުޅުވާލުން)
ށ. އިންތިހާބުގެ ކެމްޕެއިންނަށް ފައިސާ ހޯދާގޮތާއި ހަރަދު ކުރިގޮތް އޮޅުވާލުމަށް އޮތް ފުރުސަތު ވީހާ ވެސް ކުޑަވާނެ ގާނޫނީ އޮނިގަނޑެއް ގާނޫނު އަސާސީ އެކަށައެޅުމަށާއި
ނ. ޕާޓީ ޓިކެޓު ދިނުމުގައި ގަޑުބަޑުކުރުމަށް އޮތް ފުރުސަތު ވީހާވެސް ކުޑަކުރުމަށް ޕާޓީތަކުން އަމަލު ކުރާނެ ގޮތުގެ ހަރުދަނާ އާއްމު އުސޫލެއް ގާނޫނު އަސާސީގައި އެކަށަހެޅުމަށާއި
ރ. އިންތިހާބުވިގޮތް ބަދަލު (ޕާޓީ ބަދަލުކުރުން/ އިންތިހާބުވި ހައިސިއްޔަތު ބަދަލުކުރުން) ކުރާ ނަމަ ގޮނޑި ގެއްލޭނެ އުސޫލެއް ގާނޫނު އަސާސީގައި އެކަށަހެޅުމަށާއި
ބ. ރައްޔިތުން އިންތިހާބު ކުރާ މަގާމުތަކަށް ހޮވާ މީހުންގެ މައްޗަށް އެ ރައްޔިތުންގެ އިތުބާރު (ތާއިދު) ނެތްކަމަށް ފެނިއްޖެ ހިނދެއްގައި އިތުބާރު ނެތް ކަމުގެ ވޯޓެއް (ރިކޯލް ވޯޓް) ނެގޭނެ އުސޫލެއް ގާނޫނު އަސާސީގައި އެކަށައެޅުމަށާއި
ޅ. ރައްޔިތުންގެ ތާއިދު މެދު ކެނޑުމެއް ނެތި ދަމަހައްޓައިގެން ނޫނީ މަގާމުގައި ދެމި ނުހުރެވޭނެ ނިޒާމެއް (ސިސްޓަމެއް) ގެނައުން
---
- ހ. އިންތިހާބަށް ވާދަކުރަން ހުށަހަޅާ ފަރާތްތަކަށް ކެންޑިޑެސީ ދިނުމުގެ ކުރިން އެ މީހަކު ވާދަ ކުރާ މަގާމަކާ ގުޅޭ ދާއިރާއެއްގެ އާންމުންގެ ހިޔާލު ހޯދުމާއި އަދި އޭނާ އާ ސުވާލު ކުރުމުގެ ސެޝަނެއް ބޭއްވުމާއި ސުވާލު ކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭނެ އިންތިޒާމެއް އުފަން ކުރުވުން
- (ކުރިމަތިލާ މީހާއަށް ރައްދުވާގޮތައް ބާއްވާ ސުވާލު ކުރުމުގެ ސެޝަން އާންމުނަށް ހުޅުވާލައިގެން ލިބޭ މަންފާއަށް ވުރެ ސިވިލް ސޮސައިޓީގައި ހިމެނޭ ޖަމައާތް ޖަމިއްޔާތަކަށް ހުޅުވާލުމުން ލިބޭ މަންފާ ބޮޑު ނަމަ އެ ފަރާތްތަކަށް ހުޅުވާލުން)
ށ. އިންތިހާބުގެ ކެމްޕެއިންނަށް ފައިސާ ހޯދާގޮތާއި ހަރަދު ކުރިގޮތް އޮޅުވާލުމަށް އޮތް ފުރުސަތު ވީހާ ވެސް ކުޑަވާނެ ގާނޫނީ އޮނިގަނޑެއް ގާނޫނު އަސާސީ އެކަށައެޅުމަށާއި
ނ. ޕާޓީ ޓިކެޓު ދިނުމުގައި ގަޑުބަޑުކުރުމަށް އޮތް ފުރުސަތު ވީހާވެސް ކުޑަކުރުމަށް ޕާޓީތަކުން އަމަލު ކުރާނެ ގޮތުގެ ހަރުދަނާ އާއްމު އުސޫލެއް ގާނޫނު އަސާސީގައި އެކަށަހެޅުމަށާއި
ރ. އިންތިހާބުވިގޮތް ބަދަލު (ޕާޓީ ބަދަލުކުރުން/ އިންތިހާބުވި ހައިސިއްޔަތު ބަދަލުކުރުން) ކުރާ ނަމަ ގޮނޑި ގެއްލޭނެ އުސޫލެއް ގާނޫނު އަސާސީގައި އެކަށަހެޅުމަށާއި
- ބ. ރައްޔިތުން އިންތިހާބު ކުރާ މަގާމުތަކަށް ހޮވާ މީހުންގެ މައްޗަށް އެ ރައްޔިތުންގެ އިތުބާރު (ތާއިދު) ނެތްކަމަށް ފެނިއްޖެ ހިނދެއްގައި އިތުބާރު ނެތް ކަމުގެ ވޯޓެއް (ރިކޯލް ވޯޓް) ނެގޭނެ އުސޫލެއް ގާނޫނު އަސާސީގައި އެކަށައެޅުމަށާއި
ޅ. ރައްޔިތުންގެ ތާއިދު މެދު ކެނޑުމެއް ނެތި ދަމަހައްޓައިގެން ނޫނީ މަގާމުގައި ދެމި ނުހުރެވޭނެ ނިޒާމެއް (ސިސްޓަމެއް) ގެނައުން