އިންތިހާބީ ނިޒާމު
6
އިންތިހާބީ ނިޒާމް

މައްސަލަ:

އިންތިހާބީ ނިޒާމުން ނެރެވޭ ނަތީޖާއަކީ ރައްޔިތުންގެ ސިޔާސީ ވިސްނުމާއި، ފިކުރާއި، އެދޭގޮތާއި އަދި ސިޔާސީ ހާލަތާއި ދުރު ހާލަތަކަށް ވުމުގެ ފުރުސަތު އޮވެފައި، އިންތިހާބީ ދާއިރާތައް ކުޑަވުމުން ފައިސާގެ ނުފޫޒުން ރައްޔިތުންގެ މަސްލަހަތު ފަސާދަ ކުރުމަށް ފަސޭހަވެގެންދެއެވެ.

އެދޭ ރާއްޖޭ'ގެ ހައްލު:

ސިޔާސީ ނިޒާމަކީ ރައްޔިތުންގެ ބާރާއި މަސްލަހަތު ހިމާޔަތްކުރާ ފޮރުވިފައިވާ ނުފޫޒުން ސަލާމަތްކުރެވިފައިވާ ނިޒާމަކަށް ހެދުމަށްޓަކައި ތިރީގައިވާ ކަންކަން 'އެދޭ ރާއްޖެ' ހަރަކާތުން ހުށަހަޅަމެވެ.

1. ދިވެހިރާއްޖޭގެ ވޯޓުލާ ނިޒާމް ހަރުދަނާ ކުރުމާއެކު ރާއްޖޭގައި ބޭއްވޭ ގައުމީ އިންތިހާބުތަކުގައި ވޯޓްދިން މީހުންގެ ތެރެއިން ސައްހަ ވޯޓުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ގިނަ ވޯޓުން އިންތިހާބުވުން

2. އިންތިހާބީ ދާއިރާތައް ބޮޑުކުރުމާއެކު ކުޑަވެގެން އަތޮޅަކީ ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުން

3. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުމަށް ދިރާސާ ކުރުމަށްފަހު އަދަދު ހިފެހެއްޓުން.

4. ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ވާނީ، އެ ރަށެއް ނުވަތަ އެ ތަނެއްގައި ދިރިއުޅޭ މީހުންގެ ލިސްޓުގައި ހިމެނޭ މީހުން ކަމަށް ކަނޑައެޅުން

5. ރިކޯލް ވޯޓް ތައާރަފްކޮށް، ދާއިރާގެ ރަށްވެހީންގެ 20 އިންސައްތަ އެދިއްޖެނަމަ ރިކޯލް ވޯޓަކަށް ދިއުން.

6. މަޖިލިސް އިންތިހާބުގައި ވޯޓު ލެވޭނީ އެ އަތޮޅެއެއްގެ ރަށްވެހިންނަށް ކަމަށް ކަނޑައެޅުން

7. ރިޔާސީ ދައުރުގެ މެދުތެރެއިން ރައްޔިތުންގެ މަޖިލީހުގެ 50 އިންސައްތަ އާއި އަތޮޅާއި ސިޓީ ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުން.

8. އިންތިހާބުތަކަށް ހޭދަ ކުރެވޭ މިންވަރު ދަށް ކުރުމާއި، ސިޔާސީ ކަންކަމަށް އެކި ފަރާތްތަކުން ދޭ ފައިސާގެ މިންވަރު ހާމަ ކުރުމާއި އެކު އިންތިހާބަށް ކުރާ ހޭދަ ވަކިވަރެއްގައި ހިފެހެއްޓުން.


ނަތީޖާ:

މަތީގައި ނޯޓުކޮށްފައިވާ ހުށަހެޅުން ތަންފީޒުކޮށްފިނަމަ ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމުގައި ކަޅުފައިސާގެ ނުފޫޒު ކުޑަކުރެވޭނެއެވެ. ހަމަ މިއާއެކު އިންތިހާބީ ދާއިރާތަކާއި ވޯޓުލާ ނިޒާމަށް އަންނަ ބަދަލާއެކު ގިނަ މީހުންގެ ތާއީދާއެކު ރައްޔިތުންގެ މަންދޫބުން ހޮވުމަށް މަގުފަހިވެ، ވަކިވަކި މެމްބަރުން މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭން ހިދުމަތްތައް ހޯދުން ނިމުމަކަށް ގެނެސް، ފަސޭހަކޮށް ހަމަހަމަކަމާއެކު ހިދުމަތް ހޯދުމަށް މަގުފަހި ކުރެވޭނެއެވެ. އަދި ގިނަ ރައްޔިތުންގެ ޝާމިލުވުމަށް އޮންނަ ސިޔާސީ މުޖުތަމައުއަކަށް މަގުފަހިވެގެންދާނެއެވެ.
ފެނޭ
ނުފެނޭ
ކޮމެންޓް