ގާނޫނު އަސާސީ އިސްލާހު ކުރުން
12
ގާނޫނުއަސާސީ އިސްލާހު ކުރުން

މައްސަލަ:

އޭރެއްގެ މަޖިލިސް ކޮންޓްރޯލް ކުރާ ސިޔާސީ ފަރާތްތަކެއްގެ ނުފޫޒާއި ބާރު ދެމެހެއްޓުމަށްޓަކައި، ރައްޔިތުންގެ މަސްލަހަތު މައްޗަށް އަރައިގަނެ ގާނޫނު އަސާސީއަށް ބަދަލު ގެނެއެވެ. މިކަމުގެ ސަބަބުން، ހިންގުމުގެ ނިޒާމު ފަސާދަވެ ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް ސިޔާސީ ބާރު ގަދަވެގަނެއެވެ.

އެދޭ ރާއްޖޭ'ގެ ހުށަހެޅުން:

1. ގާނޫނުއަސާސީ އިސްލާހު ކުރާންވާނީ އެ ހުށަހެޅުން ފުޅާ ދާއިރާއެއްގަ މަޝްވަރާ ކުރުމަށް ފުރުސަތު ދިނުމަށް ފަހު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން، ރައްޔިތުންގެ ތާއީދުގެ 50 އިންސައްތައާއި 1 ވޯޓު އެ އިސްލާހަކަށް ލިބިގެން.

ނަތީޖާ:

ގާނޫނުއަސާސީ އިސްލާހު ކުރުމުގައި ރައްޔިތުންގެ ބައިވެރިވުން ޔަގީންކޮށް، ސިޔާސީ ބޭނުމަށް ގާނޫނު އަސާސީ ބަދަލު ކުރުމުގެ ފުރުސަތު ހަނިކޮށްފިނަމަ ގާނޫނީ ނިޒާމަކީ ރައްޔިތުންގެ މަސްލަހަތު ދަމަހައްޓާ ނިޒާމަކަށް ވެގެންދާނެއެވެ.
ފެނޭ
ނުފެނޭ
ކޮމެންޓް