މިނިވަން ފަނޑިޔާރުންނާއި ސީޕީ އާއި ޕީޖީ އާއި ބަންޑާރަ ނައިބު އަދި އޮޑިޓަ ޖެނެރަލް
މައްސަލަ:
ގާނޫނުއަސާސީގެ ފަރުމާއަށް ބަލާއިރު ބަންޑާރަ ނާއިބަކީ މުޅި ދައުލަތުގެ ވަކީލެވެ. އެހެން ނަމަވެސް ބަންޑާރަ ނާއިބުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ސަރުކާރު ހިންގުމާ ސަރުކާރުގެ ބައެއް މަސައްކަތުގައި ސީދާ ބަންޑާރަ ނާއިބު ބައިވެރިވުމުގެ ސަބަބުން ސަރުކާރުގެ ސިޔާސީ ނުފޫޒަށް ލެނބުމުގެ ފުރުސަތުއޮވެއެވެ. އަދި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރ ޖެނެރަލް އާއި އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ސަރުކާރުގެ ނާޖާއިޒު ނުފޫޒުގައި ޖެހުމުގެ ފުރުސަތު ބޮޑުވުމުން އެ މަގާމުތަކުގެ ހަގީގީ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސްތައް ކުރިމަތި އެވެ.
އެދޭ ރާއްޖޭ'ގެ ހުށަހެޅުން:
ސުޕްރިމް ކޯޓު ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލާއި ބަންޑާރަ ނައިބާއި އޮޑިޓަ ޖެނެރަލުގެ މަގާމަށް މީހުން އައްޔަނު ކުރުމުގައި މަދަނީ މުޖުތަމައުގެ ހުށަހެޅުންތަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީއަކުން އެއްބަސްވެ، ރައްޔިތުންގެ މަޖިލީހުގެ މަތިގޭގެ ރުހުން ދޭ މީހުންނާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރުހުން ލިބިގެން މަގާމަށް އައްޔަނު ކުރާ ގޮތަށް ކަނޑައަޅައި އަދި ވަކި ކުރުމުގައި ވެސް ފެންނަ ނުފެންނަ ވޯޓް ނަގާ ގޮތަށް ހަމަޖެއްސުމަށް
1. ކަނޑައެޅޭ ހާއްސަ ހާލަތްތަކުގައި މެނުވީ ދައުލަތުގެ މުއައްސަސާތަކަށް ބަންޑާރަ ނާއިބުގެ ފަރާތުން ދޭ ގާނޫނީ ލަފާ އާންމު ކުރުން.
ނަތީޖާ:
ނަޒާހަތްތެރިކަމާ މިނިވަންކަން ކަށަވަރުވެ، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ނުފޫޒުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލް އާއި ބަންޑާރަ ނައިބާއި އޮޑިޓަ ޖެނެރަލް މިނިވަންވެ، ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަވަރުވުން